އަނަސް ބިން މާލިކް ރިވާކުރެއްވިއެވެ. ﷲގެ ރަސޫލާ
ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘްކުރެއްވިއެވެ.
"މުއުމިނެއްގެ ތެދު ހުވަފެނަކީ ނުބުއްވަތުގެ
46 ބައިކުޅަ އެއްބައެވެ." (ޞަޙީޙް ބުޚާރީ ވޮލިޔުމް 9، ޞަފްޙާ 30)
އަބޫ ޤަތާދާ ރިވާކުރައްވާފައިވެއެވެ. ރަސޫލުﷲ
ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘްކުރެއްވިއެވެ.
"ރަނގަޅު ހުވަފެނަކީ ﷲގެ ޙަޟްރަތުން ފެންނަ
އެއްޗެކެވެ. ނުބައި ހުވަފެނަކީ ޝައިޠާނާގެ ފަރާތުން ފެންނަ އެއްޗެކެވެ."
(ޞަޙީޙް މުސްލިމް، ވޮލިޔުމް 4، ޞަފްޙާ 1772)
އަބޫ ހުރައިރާ ރިވާކުރެއްވިއެވެ.ޞައްލަﷲ ޢަލއިހި
ވަސައްލަމް ޙަދީޘްކުރައްވަނިކޮށް ތިމަންކަލޭގެފާނު އަޑުއެއްސެވީމެވެ.
"ނަބީކަމުން އަލްމުބައްޝިރާތު ނޫނީ ބާކީ
ނުވެއެވެ."
ދެންނެވުނެވެ. "އަލްމުބައްޝިރާތަކީ ކޮބައިތޯއެވެ؟"
ޙަދީޘްކުރެއްވިއެވެ. "ތެދު ހުވަފެނެވެ." (ޞަޙީޙް ބުޚާރީ، ވޮލިޔުމް 9، ޞޮފްޙާ 31)
މުސްކުޅި މީހަކަށް އެއްފަހަރު ހުވަފެނެއް ފެނުނެވެ.
މިހުވަފެނުގައި އޭނާއަށް ޢުޔައިނާގެ ބާޒާރަކުން ޝައިޚުލް އިސްލާމް އިބްނު ތައިމިޔާ
(ރަޙިމަހުﷲ) ފެނެއެވެ. އެބާޒާރުން ލާފައި ގޮސް އެރަށުގެ މީހުން އެއްވެ މަޖްލިސް
ކުރާ ތަނަށް ދެވެއެވެ. ހުވަފެނުގައި އޭނާއަށް ޝެއިޚުލް އިސްލާމް އިބްނު ތައިމިޔާ
(ރަޙިމަހުﷲ) ބައްތިއެއް ދެއްވައެވެ.
މިހުވަފެނުގެ ތަޢުބީރަކީ ކޮބައިތޯ ހޯދުމަށް މި
މުސްކުޅިޔާ ކުރި މަސައްކަތުން އެނގުނީ އޭނާއަށް ޞާލިޙް ދަރިއެއް ލިބޭނެކަމާއި
އެދަރިފުޅަކީ ޢިލްމީ ގޮތުން މަތިވެރި ދަރަޖައެއް ލިބޭނެ ކުއްޖަކަށް ވާނެކަމެވެ.
މިހެން އުޅެނިކޮށް މި މުސްކުޅި މީހާއަށް ފިރިހެން
ކުއްޖަކު ލިބިއްޖެއެވެ. އެހެންކަމުން މި ދަރިފުޅަކީ އެއްކަލަ ހުވަފެނުގެ
ތަޢުބީރުގައިވާ ކުއްޖާކަމަށް އުއްމީދުކޮށް މި ކުއްޖާއަށް ޞާލިޙް އޭ ކިޔާ
ނަންދީފިއެވެ.
(އަދި ނުނިމޭ)
No comments:
Post a Comment